English Edition
Dhivehi Edition
People stand at the border crossing between Poland and Ukraine, after Russian President Vladimir Putin authorized a military operation in eastern Ukraine, in Medyka, Poland, February 24, 2022. REUTERS/Kacper Pempel

ޔުކްރެއިންގައި ރަޝިއާ އިން މިއަދު ހަނގުރާމަ ފަށާފައިވާއިރު، އެ ގައުމުގައި ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާކަމަށާއި އަދި އެ ގައުމާއި ކައިރި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ހާލު ވެސް ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ ބޮޑެތި ސިޓީތަކަށް މިއަދު ފަތިހުން ފެށިގެން ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މީޑިއާތަކަށް ވިދާޅުވީ، ޔޫކްރެއިންގައި ބާކީ ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެސަރަހައްދުގެ އެހެން ގައުމުތަކުގެ ސަރުކާރާއެކުވެސް މިނިސްޓްރީން މަޝްވަރާކުރަމުން ދާކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގައި މިވަގުތު 14 ދިވެހީން ތިބިއިރު، ކަރްކޭވްގައި ފަސް ދިވެހިން އަދި އިތުރު ދެ ސިޓީއެއްގައި އިތުރު ދެ ދިވެހީން އެބަތިއްބެވެ. އެ ގައުމުގައި ތިބި ހުރިހާ ދަރިވަރުން މިއަދު ރާއްޖެ އަންނަން ނިންމާފައި ވިޔަސް، ހެނދުނު ހަނގުރާމަ ފަށައި އެއާޕޯޓް ދަތުރުތައް ހުއްޓުމަކަށް އައުމާ ގުޅިގެން ޔުކްރެއިން ދިވެހި 20 ދަރިވަރަކު ވަނީ ތާށިވެފަ އެވެ. އެ ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރަޝިއާ- ޔޫކްރައިންގެ މައްސަލަ ގޯސްވާން ފެށެމާ އެކު ޔޫކްރައިންގައި ތިބި ބައެއް ދިވެހި ކިޔަވާ ކުދިން ވަނީ އެ ގައުމު ދޫކޮށް ގޮސްފައެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިންގެ 50 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.