English Edition
Dhivehi Edition
ފުވައްމުލައް ކައިރިން ޑިންގީއަކުން ފެނުނު 3 މީހުން

ފުވައްމުލަކު ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ ސޯމާލިއާގެ ތިން މީހަކު ކޯސްޓްގާޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކުކުރެވޭ ޑިންގީއެއް ފެނިގެން އެ ސަރަހައްދަށް ކޯސްޓު ގާޑުން ގޮސް ބެލިބެލުމުން އެއީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ “ސްކިފް” ޑިންގީއެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސިފައިން ބުނީ އެ ޑިންގީގައި ތިބި ތިން މީހުންނަކީ ސޯމާލިއާއަށް ނިސްބަތްވާ ތިން މީހުން ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން ވަނީ ޑިންގީގައި ތިބީ ކަނޑުމަތިން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ބައެއް ކަމަށް ބުނެފަ=އެވެ. އަދި ޑިންގީގައި ތިބި މީހުން މިހާރު ވަނީ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ފުވައްމުލަކަށް ގެންގޮސްފައެވެ.