English Edition
Dhivehi Edition

ގއ. ކޮލަމާފުށީ ފުޓްސަލް ދަނޑު މަރާމާތް ކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ މަސައްކަތް ކުރުމަށް މިއަދު ހަވާލުކޮށްފައި ވަނީ ކަބުރު ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު ގއ.ކޮލަމާފުށީ ކައުންސިލް އިދާރާގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ކޮލަމާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދުއެވެ. ކަބުރު ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިޒާމްއެވެ.

މި މަޝްރޫއަށް 541,755 ރުފިޔާ (ފައްސަތޭކަ ސާޅީސް އެއްހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ ) ހަރަދުވާނެއެވެ. އަދި މަސައްކަތް ފަށާތާ 65 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ކޮލަމާފުށީގެ ފުޓްސަލް ދަނޑު މަރާމާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ކޮލަމާފުށީ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުންކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
– ދަނޑު ވަށައި ފެންސްދާ ބަދަލުކުރުން
– ގޯލް ފަހަތުގައި ދަނގަޑު ހޮޅިން ފެންސް ހެދުން
– ފެންސް ހޮޅީގައި ދަވާދުލުން
– ވަށާފާރުގައި ކުލަލުން
– ކާޕެޓް މަރާމާތު ކުރުން
– ހިލަ އެޅުން
– ރަބަރު އެޅުން
– ކަރަންޓް ފޮއްޓެއް ބަހައްޓައި އަލުން ކަރަންޓް ގުޅުން
– ކަރަންޓް ފޮށި ވަށައިގެން ސޭފްޓީ ފެންސެއް ހަރުކުރުން
– ޑްރައިންތައް ސާފުކުރުން
– ޕޭމަންޓްގައި ދަވާދުލުން
– ބެންޗް މަޜާމާތުކޮށް ހިޔާ ކުރުން
– ދަނޑުގެ އިރުމަތީ ފަރާތައް ކަރަންޓް ސޮކެޓް އެޅުން
– ދަނޑުގައި ކޫލަރެއް ބަހައްޓައި ސޭފްޓީ އެއް ޖެހުން
– ލައިޓް ޕޯސްޓްތައް މަރާމާތުކޮށް ބުރޭކަރ ހަރުކުރުން
– ދަނޑުގެ 2 ފަރާތުގައި ޑަސްބިން ބެހެއްޓުން
– ފްލެގް ހޯލްޑާރ ހަރުކުރުން
– ދަނޑުގައި ލެޑް ސްކޯ ބޯޑެއް ހަރުކުރުން
– ދަނޑުގެ އިރުމަތީ ފަރާތުން ގޭޓެއް ހެދުން
– ފެންސް ހޮޅީގައި ދަބަރު ކަހައި ޕްރައިމާ ލުން ހިމެނެއެވެ.