English Edition
Dhivehi Edition

ގއ ކޮލަމާފުށީ ފުޓްސަލް ދަނޑުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށި ކައުންސިލް އިދާރާއިން ނެރުއްވާފައިވާ އިޢުލާންގައިވާ ގޮތުން، މި މަސައްކަތް ކޮށްދިނުމަށް ޝައުގްވެރިވާ ފަރާތްތައް 9 މޭއި 2021 ވާ އާދިއްތަ ދުވަހުގެ 00؛13 އަށް އެ ރަށުގެ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 16 މޭއި 2021 ވާ އާދިއްތަ ދުވަހު 00؛13 ބިޑް ހުށައެޅުއްވުން އެދޭ ކަމަށް އިޢުލާންގައި ބުނެފައިވެއެވެ. މި މަސައްކަތުގެ އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީއެއް ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށް އިޢުލާންގައި ބުނެފައިވެއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަނާޚާނަމަ އަންދާސީ ހިސާބް ބަލައިނުގެނެވޭނެ ވާހަކަވެސް އިޢުލާންގައި ވަނީ ބަޔާން ކޮށްފައިވެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މި އިދާރާގެ ނަންބަރު 6820017 ފޯނާއި ގުޅުއްވުން އެދޭކަމަށް އިޢުލާންގައި ބުނެފައިވެއެވެ