English Edition
Dhivehi Edition

ގއ. ކޮލަމާފުށި އިޖްތިމާޢީ މަރުކަޒުން އިންތިޒާމްކޮށްގެން ބޭއްވި ‘ކޮލަމާފުށި ކަރޯކޭ ޗެލެންޖް 2022″ ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

މި މުބާރާތަކީ ކޮލަމާފާށި ކައުންސިލާއި އެރަށުގެ އިޖްތިމާޢީ މަރުކަޒު ގުޅިގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ޝަރަފްވެރި ކޮށްދެއްވީ ކޮލަމާފުށި ކައުންސިލް ރައީސް އިބްރާހީމް ވަހީދެވެ. މި މުބާރާތުގައި 2 ޖިންސުގެ ޒުވާނުންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ހުޅުވާލިއިރު ގިނަ އަދަދެއްގެ ޒުވާނުން މި މުބާރާތުގައި ބައިވެރިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ ފަޙުރުވެރި 1 ވަނަ އަހްމަދު އަފްރީން ހޮވިފައިވާއިރު މުބާރާތުގެ ދެ ވަނަ ހާސިލް ކޮށްފައިވަނީ އަޙްމަދު ނިޝާން އެވެ. މުބާރާތުގެ 3 ވަނަ ސުލްތާން އަލީ ހޯދާފައިވާއިރު މުބާރާތުގެ 4 ވަނަ އަށް ހޮވިފައިވަނީ އަލީ ޖަނާހް ޖައުފަރެވެ. އަދި މުބާރާތުގެ ފަސް ވަނަ އަށް ހޮވިފައިވަނީ އަޙްމަދު އަނޫޝް އަހުމަދެވެ.

މުބާރާތުގެ ވަނަ ތަކަށް ހޮވިފައިވާ ފަރާތްތަކަށް ފައިސާގެ އިނާމް ތަކާއި ސެޓްފިކްޓްތައް ވެސް ވަނީ ހަވާލުކޮށްދީފައެވެ. އެގޮތުން 1 ވަނަ ހާސިލް ކުރި ފަރާތަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު 2 ވަނަ ހާސިލް ކުރި ފަރާތަށް ވަނީ 1000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލާފައިވާއިރު ކައުންސިލުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.