English Edition
Dhivehi Edition

އައްޑޫސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައިއޮތް ޒުވާނަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮށްވައި ފެނިފައި ވަނީ ފިރިހެނެއް ކަމަށާއި އެ ތަނުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މީހާއަކީ ފޭދޫގައި އުޅޭ ފުވައްމުލަކު މީހެކެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.