English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި އިޖްތިމާޢީ ބަދަހި މަދަދުވެރިން ނުވަތަ “އިބަމަ” ޤާއިމްކުރުމާއި، އިބަމަ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ،

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީއެވެ.

މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީ މޭޔަރު އިސްމާޢިލް ރަފީޤުއެވެ.

ފުވައްމުލައް ސިޓީގައި، މަސައްކަތްފެށިގެން ދިޔަ އިބަމަ އަކީ ހުރިހާ ރައްޔިތުންނަށް އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްލެޓްފޯމާއި ވެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ލާމަރުކަޒު ކުރެވިގެން މިއަދު ކަންކަން ރޭވިގެންދާއިރު، “އިބަމަ” އަކީ، މުޖުތަޢު ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހިނގުމުގެ ކުރިން އެކަމެއްވިޔަ ނުދިނުމަށް އަދި ކަމެއް ދިމާވުމުން، އެކަމަކާއި ގުޅިގެން މަސައްކަތް ކުރުމަށް، ކޮންމެ މުޖުތަމަޢުއަކަށްވެސް ވަރަށް ބޭނުންތެރި ޕްލެޓްފޯމެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ އަޅާލާ އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން “އިބަމަ”ގެ ތެރެއިން މަސައްކަތްކޮށްދެއްވުމަށް، ފުވައްމުލަކުގެ ހުރިހާ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.