English Edition
Dhivehi Edition

ނ. މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެއްކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި އެ ސައިކަލްގައި ރޯކޮށްލީ ޑްރަގް ވިއްކަން އުޅުނު މީހަކު ހުއްޓުވަން އެ ފުލުސް މީހާ މަސައްކަތް ކުރުމުންނެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ސައިކަލްގައި ރޯކޮށްލުމުގެ ކުރިން އެ ފުލުސް މީހާއަށް އެންމެ ފުރަތަމަ ދިނީ ބިރުދެއްކުމުގެ ގޮތުން އިންޒާރެއް ކަމަށެވެ،

ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯ އިން ދެމީހަކު ސައިކަލުގައި ރޯކޮށްލި މަންޒަރު ފެނިގެން ދެއެވެ.