ފުވައްމުލައްސިޓީ ފުނާޑު އަވަށުގެ ވީދަނޑުގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.
މިޙާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 18:00 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުވެސް ވީދަނޑުގައި އަލިފާން ރޯވެ އަނދާފައިވެއެވެ. ސިފައިންނާއި އެ ރަށު ކައުންސިލްގެ މެންބަރުންނާއި އެމްޓީސީސީގެ މުވައްޒަފުން އަދި ރައްޔިތުންގެ އެހީތެރިކަމާއެކު އެ އަލިފާން ނިއްވާލެވުނީ ރޯވިތާ 6 ގަޑި އިރު ފަހުންނެވެ.
19:30 ވީދަނޑުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ވެފައިވާ ކަމަށް މިޙާދިސާ ގެ ކަވަރޭޖް ހެދުމަށް އެތަނަށް ދިޔަ އޭއޯނިއުސްގެ ނޫސްވެރިން މަޢުލޫމާތު ދެއެވެ.