English Edition
Dhivehi Edition
ފުލުހުންގެ ފްރަންޓްލައިން އޮފިސަރެއް މާލޭގެ މަގެއް ޕެޓްރޯލް ކުރަނީ - ފައިލްފޮޓޯ: ޕޮލިސް

ފުވައްމުލައް ސިޓީ އަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ހިންގާ “ވެށި ރައްކަލް” އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފި އެވެ.

މެއި ފުރަތަމަ ދުވަހުން ފެށިގެން ފުވައްމުލައްސިޓީގައި ޙަރަކާތްތެރިވާ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދެ އެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާކަމަށާއި. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުން ކަމަަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަ ކުރައްވައެވެ.