ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލް ކަޕް ކޮލިފައިންގައި ރޭ ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު އިކުއެޑޯ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ އާޖެންޓީނާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފިއެވެ.
ކޮލިފައިންގައި އާޖެންޓީނާ އެންމެ ފަހުން ކުޅުނު މެޗުގައި ޕެރޫއާ ލަނޑެއް ނުޖެހި އެއްވަރުވުމުން ރޭގެ މެޗުން މޮޅުވެގެން ނޫންގޮތަށް ކޮލިފައިވުމުގެ ޖާގައެއް ލިބެން ނެތް އާޖެންޓީނާގެ ތަރި ލިޔޮނަލް މެސީއާއި ޕީއެސްޖީގެ ޑިމަރިޔާގެ ފަރާތުން ރޭގެ މެޗުގައި ވަނީ މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ.
ރޭގެ މެޗުގައި މޮޅުވާން މަޖުބޫރުވެފައި އޮތް އާޖެންޓީނާ އާއި އިކުޑޯ ބައްދަލު ކުރި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ އިކުއިޑޯއިން ނެވެ.މި ލަނޑު މެޗު ފެށިގެން ފުރަތަމަ މިނެޓްގައި ކާމިޔާބުކޮށްފައިވަނީ ރޮމާރިއޯ އިބާރާއެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި އިކުއިޑޯއިން ލީޑު ނެގި ނަމަވެސް ޑިމަރިޔާ ދިން ޕާހަކުން ލަނޑު ޖަހައި ލިއޮނަލް މެސީ ވަނީ އާޖެންޓީނާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.އަދި އޭގެ އިރު ކޮޅެއް ފަހުން މެސީގެ ދެވަނަ ލަނޑުން އާޖެންޓީނާ މެޗުގެ ލީޑު ނަގާދީފައިވާ އިރު އާޖެންޓީނާ ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ޖަހައި މެސީ ވަނީ ސަޕޯޓަރުން ހިންމަ ޖައްސާދީފައެވެ.
ރޭގެ މިނަތީޖާއާއި އެކު އާޖެންޓީނާ ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިން ބުރުގެ ތިން ވަނަ މަގާމި ހޯދައިގެން ވޯލްޑް ކަޕަށް ކޮލިފައި ވެފައެވެ.
އަދި ދެކުނު އެމެރިކާ ބައްރުގެ އަނެއް އަނެއް ތިން ޖާގަ ކަށަވަރުކޮށްފައިވަނީ 41 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނަ ހޯދި ހޯދި ބްރެޒިލާއި 31 ޕޮއިންޓާ އެކު ދެ ވަނަ ހޯދި އުރުގުއޭ އާއި 27 ޕޮއިންޓާ އެކު ހަތަރު ވަނަ ހޯދި ކޮލަމްބިއާ އެވެ. ފަސް ވަނަ އަށް ދިޔަ ޕެރޫ އަށް ޖެހޭނީ އިންޓަ ކޮންފެޑެރޭޝަން ޕްލޭއޮފުގައި ނިއު ޒީލެންޑާ ދެކޮޅަށް ދެ ލެގު ކުޅޭށެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ފަޅިން އެއްވަނަ ހޯދި ޗިލީއާއި ބްރެޒިލް ބައްދަލު ކުރި މެޗު 3-0 އިން ބްރެޒިލް މޮލުވެފައިވާ އިރު ބޮލީވިއާ އަތުން 4-2 ލަނޑުން އުގުރުގުއޭ ވަނީ މޮޅުވެފައެވެ.