އަންނަ އަހަރު ރަޝިޔާގައި ބާއްވާ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ފީފާ ވޯލްކަޕް ކޮލިފައިންގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޖާރުމަން ވޯލްޑް ކަޕަށް ކޮލިފައިވި އިރު ރަނައަޕް އާޖެންޓީނާ ކުޅުނު މެޗުން އެއްވަރުވެ ކޮލިފައި ނުވުމުގެ ބިރު ބޮޑު ވެއްޖެއެވެ.
ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕެރޫއާއި އާޖެންޓީނާ ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައިވާ އިރު އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ނޮދަން އަޔަލެންޑް އަތުން ރަށުންބޭރުގައި 3-1 ލަނޑުން މޮޅު ވެއްޖެއެވެ.
10 ޓީމު ވާދަކުރާ ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި މިވަގުތު 38 ޕޮއިންޓާ އެކު ބްރެޒިލް މުބާރާތަށް ކޮލިފައިވެފައިވާއިރު އުރުގުއޭ އަށް ވަނީ ދަށްގެން ޕްލޭއޮފުން ފުރުސަތު ލިބޭނެކަން ކަށަވަރުވެފަ އެވެ.އަދި ދެކުނު އެމެރިކާ ފަޅިން ތިން ވަނައިގައި އޮތް ޗިލީ އާއި ހަތަރު ވަނައިގައި އޮތް ކޮލަމްބިއާ އަށް 26 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ކުރި ލިބެނީ ޗިލީ އަށެވެ.މި އަދި ފަސްވަނާގައި ރޭ އާޖެންޓީނާ އާއި އެއްވަރު ކޮށް ޕެރޫއަށް ލިބޭއިރު ހަވަނާގައި އޮތީއާޖެންޓީނާއަށެވެ.
ވޯލްޑް ކަޕް ކޮލިފައިން ގުރޫޕް ސީގައި އެއްމެޗު ބާކީ އޮއްވައި ޖަރުމަން ވޯލްޑް ކަޕަށް ކޮލިފައި އޮތް ޖަރުމަން މުހިންމު ގިނަ ކުޅުން ތެރިން ނުލައި ނިކުތް މިމެޗުގައި ޖާމަނީއިން ފުރަތަމަ ތިން ލަނޑުޖަހައި މެޗުގެ ލީޑު ނަގާފައެވެ.މި ލަނޑުތަށް ޖާމަނީއަށް ކާމިޔާބުކޮށްދީފައިވަނީ ރުޑީ،ވެގްނާ އަދި ކިމިޗްއެވެ. މި މެޗުގައި ނޮދަން އަޔަލެންޑްގެ ހަމަ އެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދީ ފައިވަނީ މެގަނިސްއެވެ.
ޖަރުމަން ވޯލްޑް ކަޕަށް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ކުޅޭ ގުރޫޕް ސީގެ ފަހު މެޗުގެ ކުރިން ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ ދެވަނާގައި އޮތް ނޮދަން އަޔަލޭންޑައަށް ވުރެ 8 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.