English Edition
Dhivehi Edition

އަންނަ އަހަރު ރަޝިޔާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ދަތުރު ކުރި އިރު ނެދަލޭންޑްއަށް ވޯލްޑް ކަޕުން ޖާގައެއް ނުލިބި މުބާރާތުން ކަޓައިފިއެވެ.

ކޮލިފައިންގައި ރޭ ސްވިޒަލެންޑް އާއި ޕޯޗުގަލް ބައްދަލު ކުރި މެޗު ޕޯޗުގަލް އިން ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

ލިޒްބަންގައި ކުޅުނު މި މެޗުގެ 41 ވަނަ މިނެޓުގައި ސްވިޒަލެންޑުގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަން ލަނޑުން ޕޯޗުގަލް ލީޑު ހޯދާފައިވާއިރު ޕޯޗުގަލް އިން މެޗުގެ ފަރަގު ބޮޑުކޮށްފައިވަނީ ދެވަނަ ހާފްގެ 57 ވަނަ މިނެޓުގައި އަންދްރޭ ސިލްވާގެ ލަނޑުން ނެއެވެ.

މި ނަތީޖާ އާއި އެކު 27 ޕޮއިންޓާ އެކު ޕޯޗުގަލް ލަނޑުގެ ތަފާތުން ޔޫރަޕުގެ ކޮލިފައިން ގްރޫޕް ބީ ގެ އެއް ވަނަ ހޯދާއިގެން ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު ޕޯޗުގަލް އަތުން ބަލިވި ނަމަވެސް ގުރޫޕްގެ ދެވަނަ ހޯދި މި އަދަދަށް ޕޮއިންޓް ހޯދި ނަމަވެސް ސްވިޒަލެންޑް ޖެހޭނީ ޕްލޭއޮފުގައި ކުޅޭށެވެ.

ކޮލިފައިންގައި ރޭ ސްވިޑަން އާއި ނެދެލެންޑްސް ބައްދަލު ކުރި މެޗު ރޮބޭން ގެ ދެލަނޑުން މެޗު ކާމިޔާބު ކުރި ނަމަވެސް އަންނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ނުލިބި ނެދަލެންޑްސް މުބާރާތުން ކަޓައިފިއެވެ.ނެދަލޭންޑް މުބާރާތުން ކަޓާފައިވަނީ ތާވަލްގެ ދެވަނާގައި އޮތް ސްވިޑަން އަށް ލަނޑުގެ ތަފާތުން ކުރި ލިބޭތީއެވެ.

މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި 23 ޕޮއިންޓާ އެކު ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު ކޮލިފައިވިއިރު ދެ ވަނައިގައި އޮތް ސްވިޑަން އާއި ތިން ވަނައިގައި އޮތް ނެދަލެންޑްސް އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.