English Edition
Dhivehi Edition

ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް މަޑުޖައްސާލަ ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީން މި ގޮތަށް އެދިވަޑައިގެންފައިވަނީ ކުރިން ވެސް ރައީސް ޔާމީންގެ ދިފާއީ ވަކީލުން ދެ ފަހަރެއްގެ މަތިން ޝަރީއަތް ލައިވްކޮށް ދިނުމަށް އެދިވަޑައިގަތުމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތުން މައްސަލަ ލައިވް ކުރަން ހުރަސް ނާޅާ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ބޭނުންވާ އިންތިޒާމްތައް މިވަގުތަށް އަދި ހަމަޖެހިފަ ނެތް ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ލައިވްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެން ދެން ޝަރީއަތް މަޑުޖައްސާލަ ދިނުމަށް އެދިފައެވެ. އެހެންނަމަވެސް އެކަމަށް މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ވ،އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.