English Edition
Dhivehi Edition

މި ފޮޓޯއިން އެ ފެންނަ މީހަކީ ކެރެލާ ސްޓޭޓްގައި ދުވަހު މުސާރައަށް މަސައްކަތްކުރަމުންދާ، އުމުރުން 60 އަހަރުގެ މަމްމިއްކާ އެވެ.

ކޮންމެ ދުވަހަކުވެސް އާމްދަނީ ހޯދުމަށްޓަކައި ބުރަކޮށް މަސައްކަތްކުރަމުންދާ މަމްމިއްކާ އަކީ މީގެ ކުރިން އެއްވެސް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މީހެއް ނޫނެވެ. އެހެންނަމަވެސް އިންޑިއާގެ ފޮޓޯގްރާފަރެއްކަމުގައިވާ ޝަރީކް ވަޔާލިލް ނަގާފައިވާ މަމްމިއްކާގެ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމާއެކު އޭނާ އަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ،

ޝަރީކް އިންސްޓަގްރާމްގައި ހިއްސާ ކުރި ޕޯސްޓަކުން ފެނިގެން ދަނީ މަމްމިއްކާ މަގުމަތީގައި މުންޑަކާއި ގަމީހެއް ލައިގެން ހިނގާފައި ދާ މަންޒަރެވެ. އަދި އޭގެ ފަހުން ކޯޓެއް ލައިގެން ނަގާފައިވާ ފޮޓޯތައް ފެނިގެންދާ އިރު އެ ފޮޓޯތަކުން އޭނާގެ ހުނަރުވެރިކަން ފެނިގެންދާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކެރެލާ ސްޓޭޓްގައި ކޮޒިކޮޑޭ އަވަށުގައި، ފޮޓޯ ސްޓޫޑިއޯއެއްގެ އިތުރުން ކައިވެނީގެ ހެދުންތައް ވިއްކާ ފިހާރައެއް ހިންގަމުންދާ ޝަރީކް ބުނީ އޭނާގެ މި ފޮޓޯތަކަށް ހީކުރި ވަރަށްވުރެ މާ ބޮޑު ސަމާލުކަމެއް ލިބިފައިވާކަމަށެވެ. މި ފޮޓޯތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ޝަރީކް ބުނީ، ފޮޓޯތައް ރީތިވެ، މަމްމިއްކާ އަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން އޭނާއަށް ވަރަށް ގިނަ މީހުން ގުޅާ ހިތްވަރު ދެމުން އަންނަކަމަށެވެ.

މަމްމިިއްކާ އަކީ ޝަރީކްގެ އަވަށްޓެރިއެއްކަން ފާހަގަކުރަމުން އޭނާ ބުނީ އަބަދުވެސް އެމީހުންގެ އިޝްތިހާރުތަކުގައި ބޭނުންކުރަނީ އަވަށްޓެރިންނާއި، އެކުވެރިންގެ އިތުރުން މިފަދަ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހުން ކަަމަށެވެ. އަދި އޭނާގެ މި ފަހަރުގެ ހޮވުމަކީ މަމްމިއްކާ ކަން ފާހަގަކޮށް އޭނާ ވަނީ މިފަހަރުގެ ފޮޓޯތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަަމަށް ބުނެފައެވެ،

ޝަރީކްގެ ފިހާރައަށް ކުޅެދިން އިޝްތިހާރަށް ފަހު މަމްމިއްކާ އަނެއްކާވެސް އޭނާ ކުރަމުން އަންނަ މަސައްކަތަށް އެބުރި ގޮސްފައިވާއިރު، މި ފޮޓޯތަކުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

 

ޓެގު