English Edition
Dhivehi Edition
ރައްޔިތުންގެ މަޖްލިސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަޤްރީރު ކުރައްވަނީ

ރާއްޖޭގެ ދެ ނައިބު ވަޒީރަކު އިންޑިއާ އާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ،އަށް މަލާމާތް ރައްދުވާ ގޮތަށް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓްގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާ، އާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް އިންޑިއާ އާއި އެ ގައުމުގެ ވެރިންނަށް ‘ބޭއަދަބީ’ ބަހުން މުހާތަބުކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި، ރައީސް މުއިއްޒު ގެންގުޅުއްވި ނަސްލީ ތަފާތުކުރުމުގެ ނަތީޖާ އެ މަނިކުފާނުގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ކިބައިން ފެންނަމުން ދާކަމަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުކުރަނީ ހަމައެކަނި ރާއްޖޭގެ އިގްތިސާދަށް އެކަނި ނޫންކަް ފާހަގަކުރައްވަމުން ފައްޔާޒު ވަނީ މިކަމުގެ އަސަރު އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ކުރާނެކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަނީ ސަރުކާރުގެ މަގާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ ބޭއަދަބީ ބަސްތައް، ރާއްޖެއަށް ސަލާމަތީ ގޮތުންނާ އެހެނިހެން ގޮތް ގޮތުންވެސް މުހިއްމު ގައުމެއްގެ ލީޑަރަކަށް އަމާޒު ކުރުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްވެސް ހިއްސާއެއް ނުވާކަން ހާމަކޮށްދިނުމާއެކު، އެފަދަ އެއްވެސް ސިޔާސަތެއް ނުގެންގުޅޭކަމުގެ ޔަގީންކަން އިންޑިއާއަށް ދިނުމަށްވެސް ގޮވާލައްވާފައެެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިކަމާއި ގުޅިގެން ކުރި ޕޯސްޓެއްގައިވަނީ ގައުމެއްގެ އިސްވެރިންނާ މެދު މިފަދަ ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ސަރުކާރުގެ އިސް ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މީގެ އިތުރުން ފާރިސް މައުމޫނު ވިދާޅުވީ ގައުމުތަކުގެ އިސްވެރިންނާ ބޭއަދަބީ ބަހުން މުހާތަބުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އަދި އެ ފަރާތްތަކާމެދު ފިޔަވަޅު ނާޅާކަމުގައި ވަނީ ނަމަ ރާއްޖެ އާއި ސަރުކާރަށްވެސް އެ ފަދަ ބޭއަދަބީ ބަސްތައް ރައްދުވެގެން ދާނެކަމަށެވެ،

ޓެގު