ގދ. ތިނަދޫގައި ތަރައްގީކުރަމުން އަންނަ މޯލްޑިވް ގޭހުގެ ފިލިންގ ޕްލާންޓުގައި ވަޒީފާގެ ފުރުސަތުތަކެެއް ހުޅުވާލައިފިއެވެ.
މޯލްޑިވް ގޭހުން އިއުލާންކޮށްފައިވަނީ މެއިންޓެނެންސް އެސިސްޓަންޓް ގރ. 3 ގެ މަގާމާއި މެއިންޓެނަންސް އޮފިސަރ ގރ 1 ގެ މަގާމެވެ.
މީގެ ތެރެއިން މެއިންޓެނަންސް އެސިސްޓެންޓުގެ މަގާމަށް 8000 ރުފިޔާ އާއި 9000 ރުފިޔާއާ ދެމެދުގެ މުސާރައެއް ކަނޑައަޅާފައިވާ އިރު، މެއިންޓެނަންސް އޮފިސަރުގެ މަގާމަށް ކަނޑައަޅާފައިވަނީ 9000 ރުފިޔާއާއި 10،000 ރުފިޔާގެ މުސާރައެކެވެ.
މެއިންޓެނަންސް އެސިސްޓެންޓުގެ ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި ވަޒީފާއަށް ފަރުވާތެރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން ހިމެނެއެވެ. މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނީގައި ބޭނުންކުރާ މެޝިނަރީޒް އާއި، އިކުއިޕްމެންޓްސްގެ މަރާމާތުތައް ބަލައި މަރާމާތު ކުރުވުމާއި މެއިންޓެނަންސް މަސައްކަތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ.
މީގެ އިތުރުން ވެހިކަލްތަކުގެ ވެލްޑިންގ އަދި ޓިންކަރިންގ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި އިމާރާތްތަކުގެ ކަރަންޓު މަސައްކަތް ކުރުން ވެސް ހިމެނެއެވެ.
މެއިންޓެނަންސް އޮފިސަރގެ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 03 މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި ވަޒީފާއަށް ފަރުވާތެރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން ހިމެނެއެވެ.
މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނީގައި ބޭނުންކުރާ މެޝިނަރީޒް އާއި، އިކުއިޕްމެންޓްސްގެ މަރާމާތުތައް ބަލައި މަރާމާތު ކުރުވުމާއި މެއިންޓެނަންސް މަސައްކަތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ. އަދި ވެހިކަލްތަކުގެ ވެލްޑިންގ އަދި ޓިންކަރިންގ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި އިމާރާތް ތަކުގެ ކަރަންޓު މަސައްކަތް ކުރުން ހިމެނެއެވެ.
މި ދެ ވަޒީފާއަށް އެދޭ ފޯމު މި ލިންކް އިން ލިބޭނެ އެވެ. މި މަގާމުތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 23 ވަނަ ދުވަހެވެ.