English Edition
Dhivehi Edition

ރިތިކް ރޯޝަންގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދު އަކީ ވަރަށް ‘ކޫލް’ މީހެއްގެ ގޮތުގައި ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޚާން ސިފަކޮށްފިއެވެ.

އަރަމުން އަންނަ ބޮލީވުޑް ބަތަލާ ސަބާ ލަވަކިޔަން ހުރި ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ސުޒޭން ބުނީ ވަރަށް ވެސް ފުރިހަމަ ރެއެއް ކަމަށާއި ސަބާ ވަރަށް ހުނަރުވެރިކަމަށެވެ. އަދި ސަބާ އަކީ ވަރަށް ކޫލް މީހެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު ސުޒޭންގެ ސްޓޯރީއަށް ޖަވާބުދެމުން ސަބާ ބުނެފައިވަނީ އެތަނުގައި ސުޒޭން ހުރުމުން ވަރަށް އުފާވި ކަމަށެވެ. އަ”ޝުކުރިއްޔާ އަހަރެންގެ ސުޒީ” ސަބާ ލިޔެފައިވެއެވެ.

ސަބާ އާއި ރިތިކް ރޯޝަން އެކުގައި މުމްބާއީގެ ރެސްޓޯރަންޓަކުން ނުކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާއްމުވެފައިވާއިރު ސަބާގެ ގާތް ރަހުމަތްތެރިއަކު ބުނެފައިވަނީ ރިތިކްއާއި ސަބާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. މި ގުޅުމާ ބެހޭގޮތުން ރިތިކް އަދި ސަބާގެ ފަރާތުން އަދި އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު، ގިނަ ބަޔަކުވަނީ މި ދެތަރިން އެކުގައި ބޭރު ތެރެއިން ފެނުމަކީ މި ގުޅުމަށް އިތުރުވި ބޮޅެއްކަމުގައި ބުނެފައެވެ،

ރިތިކް އާއި ސުޒޭން ވަރިވެފައިވަނީ 2014 ވަނަ އަހަރުއެވެ. ސުޒޭންއާއި ރިތިކްގެ ދެ ފިރިހެން ކުދިން ތިބެއެވެ.