އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ދިވެހި ރާއްޖެ އާއި އޮމާން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު މެޗުން ދިވެހިން ބަލިވެ ކޮލިފައިވުމުގެ އަމިއްލަ ބާރު ގެއްލި ޖެއެވެ.
2019 ވަނަ އަހަރު ޔޫއޭއީގައި ބާއްވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ޑީގައި އޮމާން އާއި ރާއްޖެ ބައްދަލުކުރި ފުރަތަމަ މެޗު ފަސޭހަ ކަމާއި އެކު އޮމާންގެ ދަނޑުގައި އޮމާން 5-0 ލަނޑުން މޮޅުވެފައިވާއިރު ރޭ މާލޭގައި ކުޅުނު މެޗު އޮމާން ކާމިޔާބުކޮށްފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުން ނެވެ.
ރާއްޖޭގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ދިވެހި ޓީމްގެ ފަހަތަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 14ވަނަ މިނެޓްގައި އޮމާންއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ރަނގަޅަށް އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާ ތެރޭ ހުހުށް ހުރޭ ހަލީފާ ގޯލައަށް ޖަހާފައިވާއިރު އޮމާންއިން ވަނީ އޭގެ ހަތަރު މިނެޓް ފަހުން ޖަމީލް އަލް ޔަހުމައިދީ ގެލަނޑުން މެޗުގެ ނަތީޖާ 2-0 ލަނޑަށް ބަދަލުކޮށްފައެވެ.
މި މެޗްގައި ރާއްޖެ އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 24 ވަނަ މިނިޓްގައި މިދިޔަ ސީޒަންގައި ރާއްޖެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު(ސެންޓޭ) ކާމިޔާބު ކޮށްދީފައިވާ އިރު މިއީ 2004 ވަނަ އަހަރު އަލީ އަޝްފާގް އޮމާން ކޮޅަށް ލަނޑު ޖެހިފަހުން އޮމާނާއި ދެކޮޅަށް ރާއްޖެއިން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރާއްޖޭއިން މެޗުގެ ނަތީޖާގެ ފަރަގު ކުޑަ ކުރި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އޮމާނުގެ އަހުމަދު މުބާރަކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ފަރަގު ދެ ލަނޑައަށް ބޮޑުކޮށްފަ އެވެ.
މި މެޗުން މޮޅުވުމާއެކު އޮމާނަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ޖެހިލާފައެވެ.އެއްވަނާގައި ރޭ ބޫޓާން އަތުން 10-0 ލަނޑު މޮޅުވެ ފަލަސްދީން އޮތްއިރު ރާއްޖެއަށް ހަތަރު ޕޮއިންޓުން ލިބިފައިވަނީ ގުރޫޕްގެ ތިން ތިންވަނަ މަގާމެވެ.އަދި ގުރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލޮބި އޮތީ ބޫޓާންއެވެ.