އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ އޮމާނާ ދެކޮޅަށް ރާއްޖެ މާލޭގައި ކުޅޭމެޗުގައި ގައުމީ ކެޕްޓަން އަލީ އަޝްފާގް(ދަގަނޑޭ) ނުކުޅޭނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ޑީގައި އޮމާން އާއި ރާއްޖެ މާދަމާރޭ ބައްދަލު ކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޤައުމީ ކޯޗު ބުނީ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން މަދާމާގެ މެޗުގައި ދަނގަޑޭ ނުފެންނާނެ ކަމށާއި މި އަނިޔާއިން ސަލާމަތް ވުމަށް ހަ ހަފްތާ ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ގައުމީ ކޯޗު ސްޓެވާޓް ބުނީ އަނިޔާގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގް އަށް ނުކުޅެވުނު ނަމަވެސް ބަދަލުގައި އަރާ ކުޅުންތެރިންނަށް ނަތީޖާ ބަދަލު ކުރެވޭނެ ހިތްވަރު ލިބިފައިވާ ކަމަށާއި އެ ކުޅުން ތެރިންނަށް އިތުބާރު ކުރާކަމަށެވެ.
ކޯޗް ސްޓެވާޓް ބުނީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ދޫކޮށް މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވި އިސްމާއިލް އީސަ(މެސީ)އަށް ދެން ދުވަހަކުވެސް އޭނާގެ ކޯޗް ކަމުގައި ގައުމީ ޓީމުން ފުރުސަތެއް ނުދޭނެކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާއި ރާއްޖެ އޮމާންގައި ބައްދަލު ކުރި ފުރަތަމަ މެޗު 5-0 ލަނޑުން ކާމިޔާބުކޮށްފައި ވަނީ އޮމާންއެވެ.
ކޮލިފައިންގެ ކޮނެމް ގްރޫޕަކުން ދެ ޓީމަށް އޭޝިއަން ކަޕްގެ ފުރުސަތު ލިބިގެންދާއިރު ރާއްޖެ ހިމެނޭ ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ފަލަސްތީނެވެ. އޮމާނަށް ތިން މެޗުން 6 ޕޮއިންޓާއެކު ދެވަނާގައި އޮތް އިރު މާދަމާގެ މެޗުން މޮޅުވެއްޖެނަމަ ރާއްޖެ އަށް ޕޮއިންޓްގެ ގޮތުން އޮމާންއާއި އެއްވަރު ކުރޭވެނެއެވެ.