ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.
އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ހިފެހެއްޓުމެއްނެތި އުފުލެމުން ދިއުމާއި ގުޅިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާކަމަށެވެ.
އިއްޔެ އެސްޓީއޯ އިން ތެލުގެ އަގަށް ގެނައި ބަދަލާއެކު ކުރިން 12.06 ރުފިޔާ އަށް ހުރި ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 12.98 ރުފިޔާއަށެވެ. އަދި ކުރިން 12.44 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް ދެން ލިބޭނީ 13.04 ރުފިޔާއަށެވެ.
އެ ކުންފުނިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.