English Edition
Dhivehi Edition
ފޮޓޯ: އެސްޓިއޯ

އެސްޓީއޯ އިން ރަސެލް ހޮބްސްގެ އުފެއްދުންތައް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓިއޯ އިން ބުނީ ރަސެލް ހޮބްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ 250 ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެކަމަށެވެ. ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭއިރު ދެވަނަ އިނާމަކަށް 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާ އެއް ލިބިގެން ދާނެއެވެ. އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއް ލިބިގެން ދާނެއެވެ.

އެސްޓިއޯ އިން ރަސެލް ހޮބްސް ބްރޭންޑްގެ މުދާ ރާއްޖެއަށް ތައާރަފު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ޓެގު