English Edition
Dhivehi Edition
ފޮޓޯ: އެސްޓިއޯ

ވިޓޯލްއިން ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭ ގައުމުތަކުގެ ޗާޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރިކުރަ އެންމެ ބޮޑު ކުންފުނިކަމަށްވާ ވިޓޯލްއިން ކުންފުންޏަކީ 1966 ވަނަ އަހަރުގައި ސުވިޒްލޭންޑުގައި ހުންނަ ޑަޗް މަލްޓިނެޝަނަލް ކުންފުންޏެކެވެ.

ރާއްޖޭގައި ބަންކަރިން ހިދުމަތް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ވިޓޯލްއާއެކު ސަރުކާރުން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމަށް އެސްޓީއޯ އާއި އަދި ވިޓޯލް ގުރޫޕާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބަންކަރިން ވިޔަފާރި ފެށުމަށް ގާއިމުކުރަންޖެހޭ ކަންކަން ކަނޑައަޅައި، އެކަންކަން ގާއިމުކުރާނެ މުއްދަތަކާމެދު ދެ ކުންފުނިންވަނީ އެއްބަސްވެފައެވެ.

ދުނިޔޭގައި ރާއްޖެ އުފެދިފައި އޮންނަނީ ބަންކަރިންގެ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވާ ބޯޓުފަހަރު ދަތުރުކުރާ ދެ ޗެނަލް ކައިރީގައިކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާއިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދިނުމަށް ގުދުރަތީ ގޮތުން ރާއްޖެއަށް ލިބެންޖެހޭ ހުރިހާ ނަސީބެއް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެ ހިދުމަތް ދިނުމަށް ރާއްޖޭގައި ނެތީ އެފަދަ ހިދުމަތެއް ދެވޭނެ ފެންވަރުގެ ފެސިލިޓީއެއް ކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ޓެގު