English Edition
Dhivehi Edition
އެސްޓިއޯ ކޮންސްޓްރެކްޝަން ރަމަޒާން ބާޒާރު

ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ “ރަމަޒާން ބާޒާރު” ޕްރޮމޯޝަން ފަށައިފިއެވެ.

އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ “ރަމަޒާން ބާޒާރު” ޕްރޮމޯޝަން ކުރިއަށް ދާނީ 6 ފެބްރުވަރީވާ އަންގާރަ ދުވަހުން ފެށިގެން އޭޕްރިލް 11، 2024 ގެ ނިޔަލަށެވެ. އެސްޓިއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމް، އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމްގައި ކަމަށެވެ. މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން އެސްޓީއޯ “ރަމަޒާން ބާޒާރު”ގައި ކޮންމެ 500ރ. ގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބިގެންދާއިރު އެ ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސްނިމުމުން ގުރުއަތު ނެގޭނެއެވެ.

މި ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި:

  • މި ލަކީޑްރޯ އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާރ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެއެވެ
  • މީގެ އިތުރުން 6 ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ބައްލަވައި ގެނެވިދާނެއެވެ މިގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގިދާނެއެވެ. މި ގޮތުން ނިޕޯން ޕެއިންޓް އަކީ ސިންގަޕޫރްގެ ނަންބަރު ވަން ޕެއިންޓް ބްރޭންޑް. އެސްޓީއޯއަކީ ނިޕޯން އަދި މަކިޓާގެ ރާއްޖޭގެ އޮތޮރަޒައިޑް ޑިސްޓްރިބިއުޓަރެވެ