English Edition
Dhivehi Edition
އެސްޓިއޯ މަކީޓާ ހެއްޔާ ޕްރޮމޯޝަން ފެށުން ފޮޓޯ: އެސްޓިއޯ

ސަރުކާރު ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓިއޯ އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ މަކީޓާ ހެއްޔާ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ.

މަކީޓާ ހެއްޔާ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްގައި ކުރިއަށް ދާ މި ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގައި 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން

  • އެއްވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 (ތިރީސް ހާސް) ރުފިޔާގެ ގިފްޓް ވައުޗަރު
  • ދެވަނައަށް 20،000 (ވިހި ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރު
  • ތިންވަނައަށްދާ ފަރާތަކަށް 10،000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެއެވެ. މީގެ އިތުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދާނެއެވެ. މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ޓެގު