English Edition
Dhivehi Edition

ސޯލޯ ލަވަ ކިޔުންތެރިންގެ ތެރޭގައި ހިމެނޭ މޫޝަން މުބާރަކްގެ “ރީތިކަން” އަދި “ރަންނަމާރި”އަށް ފަހު މޫޝަން ކޮންމެވެސް ކަމެއް ކުރަން އުޅޭކަމުގެ ސިގްނަލެއް ފޭނުންނަށް ދިނުމަށް ފަހު އެއީ ކޮންކަމެއްކަން ހާމަކޮށްފިއެވެ.

އަރަމުން އަންނަ ޒުވާން ލަވަކިއުންތެރިޔާ މޫޝަން އާއި ލަވަފޮށި ގުޅިގެން “މޫޝަން މުބާރިކް” ގެ ނަމުގައި ސޯލޯ އަލްބަމެއް ނެރުމަށް ތައްޔާރުވަމުންދާ ކަން މިހާރު މިވަނީ ހާމަކޮށްފައެވެ.

މޫޝަން އާއި ލަވަފޮށި ގުޅިގެން ނެރޭ އަލްބަމާއި ޓީޒާ ލޯންޗްކުރުމަށް މިމަހުގެ 7 ވަނަ ދުވަހު ޖޭޒް ކެފޭގައި ބޭއްވި ހަފްލާއެއްގައި މޫޝަން އާއި ލަވަފޮށީގެ ފަރާތުން ވަނީ މި އަލްބަމްގެ ބައެއް މައުލޫމާތު، ފޭނުންނާއި ހިއްސާކޮށްފައެވެ. އަދި މޫޝަން ގެ ފުރަތަމަ ސޯލޯ އަލްބަމް “މޫޝަން މުބާރިކްް” ވަރަށް އަވަހަށް ރިލީޒް ކުރާނެކަމަށް މޫޝަން ވަނީ ބުނެފައެވެ.

މި ހަފްލާގައި މޫޝަން ވަނީ އޭނާގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއްވެސް ގެނެސްދީފައެވެ. އެގޮތުން MooshanMubarik# ޖެހުމަށްފަހު ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައިވާ ފޭސްބުކް، ޓްވިޓާރ، އަދި އިންސްޓަރގްރާމްގައި MooshanMubarik# މި ހޭޝްޓެގް ޖެހުމަށްފަހު މޫޝަންގެ ޓްވިޓަރ އެކައުންޓާއި ލަވަފޮށީގެ ޓްވިޓަރ އެކައުންޓް ފޮލޯކޮށް، ރިޓްވީޓްކުރުމުން މޫޝަންގެ އައު އަލްބަމްގެ ކޮޕީއެއް ލިބިގެންދާނެ ކަމަށް މޫޝަން ވަނީ ބުނެފައެވެ. ހަމަ މިއާއެކު ގުރުއަތުން ހޮވޭ ފަރާތަކަށް، ރައްޓެހިންނާއެކު މޫޝަންގެ ލަވަތަކާއެކު ޕްރައިވެޓް ޝޯއެއް ހުށަހަޅައިދޭނެ ކަމަށް ވެސް މޫޝަން ވަނީ ބުނެފައެވެ.

“މޫޝަން މުބާރިކް” ނެރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 13 ވާ ހުކުރުދުވަހުގެ ރޭ ސީހައުސް ކެފޭގަ އެވެ . އަލްބަމް ރިލީޒްކުރާ ހަފުލާގެ ތެރެއިން އިތުރު ސަޕްރައިޒް ތަކާއި، ހަދިޔާތައް ލިބިގެންދާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ. މާލޭގައި އަލްބަމް ރިލީޒް ކުރުމަށްފަހު އައްޑޫ ގައި ހުންނަ ސީހައުސްގައި ވެސް ހަފްލާއެއް ބާއްވާނެ ކަމަށް މޫޝަން ވަނީ ބުނެފައެވެ.