English Edition
Dhivehi Edition

 

މަޝްހޫރު ލަވަކިއުންތެރިޔާ މޫޝާން މުބާރިކް، (މުންމު) އަމިއްލަ ނަމުން ނަންދީފައިވާ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް އައްޑޫގައި ލޯންޗްކުރުމަށް ތައްޔާރުވެއްޖެއެވެ.

ނޮވެމްބަރ 11 ވަނަ ދުވަހުގެ ރޭ 8:30 ގައި ހިތަދޫގައި ހުންނަ ޕާންޕިނޯސްގައި ބާއްވާ މި އިވެންޓަކީ އައްޑޫގައި މިވަގުތު މިލްޒީރޯ އިން ކުރިއަށް ގެންދާ ބޭސިކް ފޮޓޯގްރަފީ ވޯކޮޝޮޕް ނިންމުމުގެ ރަސްމިއްޔާތަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ އިވެންޓެކެވެ.

“މިހާރު ހުންނާނެ މި އިވެންޓާ ބެހޭ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި ޝެއަރ ކޮށްފައި. މި ޕޯސްޓަރ ޝެއަރ ކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް އަލްބަމެއް ހިލޭ ލިބޭނެ” ކަމަށް މޫޝަން ބުންޏެވެ.

ދިވެހި އަމިއްލަ ރާގުގެ 6 ލަވައާއި، 2 ލަވައެއްގެ ރިމިކްސް އާއިއެކު ޖުމްލަ 8 ލަވަ ހިމެނޭ އަލްބަމް ރިލީޒް ކުރުމަށް މާލޭގައި ބޭއްވި އިވެންޓުގައި މޫޝަން ވަނީ އޭނާގެ އަލްބަމް ސްޓްރީމްކުރުމުގެ އެކްސްކްލޫސިވް ރައިޓްސް، ދިވެހި ލަވަތައް ސްޓްރީމްކުރާ “ލަވަފޮށި” އެޕްލިކޭޝަނާ ޙަވާލުކޮށްފައެވެ. އެހެންކަމުން އަލްބަމް ގައި ހިމެނޭ ލަވަތައް މި އެޕްލިކޭޝަނުން ބަލައިލެވޭނެކަމަށް މޫޝަން ބުންޏެވެ.

އަމިއްލަ ރާގުގެ ހިތްގައިމު އަށް ލަވަ ހިމެނޭ މި އަލްބަމްގައި މޫޝަން ކުރިން އާންމުންނަށް ދޫކޮށްލައިފައިވާ ވަރަށް މަގުބޫލް ދެ ލަވައެއް ހިމެނެ އެވެ. އެއީ “ރަންނަމާރި” އާއި ވީޑިއޯ ލަވައެއްގެ ގޮތުގައި ގެނެސް ދިން “ރީތިކަން” އެވެ. އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން ދެ ލަވައެއް ވަނީ ބޭރުގެ ޑީޖޭއެއް ކަމަށްވާ އޮސްޓުން ލީޑްސްއާ އެކު ރިމިކްސްކޮށްފަ އެވެ. އެ ދެ ލަވައަކީ “ރީތިކަން” އާއި “އިހުސާސް” އެވެ.

މޫޝަން މުބާރިކްގެ ފުރަތަމަ އަލްބަމަށް އޭނާގެ އަމިއްލަ ނަމުން ނަން ދީފައިވާއިރު، އަލްބަމް ތައްޔާރުކުރުމުގައި ޒަމާނާއި ގުޅޭގޮތަށް ލަވަތައް ބައްޓަންކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.