English Edition
Dhivehi Edition

“ޕޮލިސް އޮޕަންޑޭ” ގެ ނަމުގައި އައްޑޫސިޓީ ޕޮލިސް އިން ޚާއްޞަ ހަރަކާތެއް މާދަމާ ހިންގުމަށް ހަމަޖައްސައިފިއެވެ.

މާދަމާ ހެނދުނު އައްޑޫސިޓީ ކައުންސިލް އިދާރާގައި ފެށުމަށް ހަމަޖެހިފައވާ މި ހަރަކާތަކީ ފުލުހުންގެ މުއައްސަސާ ގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށް އައްޑޫސިޓީ ޕޮލިސް އިން ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ ދެ ސަރަހައްދަކަށް ހުޅުވާލައިގެން ބާއްވާ މި އޯޕަންޑޭގައި މާދަމާ ހެނދުނު 10:00 އިން 12:00 އަދި މެންދުރު ފަހު 2:00 އިން 4:00 އަށް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އަދި އަންނަ ހުކުރު ދުވަހު ހުޅުމީދޫގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމީދޫގައި ކުރިއަށް ގެންދާ ހަރަކާތް އޮންނާނީ ހުކުރު ދުވަހުގެ މެންދުރު ފަހު ސ.އަތޮޅު މަދުރަސާގެ ކައިރީގައެވެ.

އައްޑޫސިޓީއަކީ އަމަން އަމާންތަނަކަށް ހެދުމަށް އައްޑޫސިޓީ ޕޮލިސް އިން ގިނަ ހަރަކާތްތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ. އެގޮތުން އެންމެ ޚާއްޞަ އެއްހަރަކާތެއްގެ ގޮތުގައި މިހާރު ކުރިއަށްގެންދާ “ދިވިލިމަތަ އޮޕަރޭޝަން” ފާހަގަކޮށްލެވެއެވެ.