English Edition
Dhivehi Edition
ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރާއި އައްޑޫ ސީޓީ ޕޮލިސް ސްޓޭޝަންތަކާ އަލަށް ހަވާލުވެލެއްވި ކޮމިޝަންޑް އޮފިސަރުންނާއި އައްޑޫ ސިޓީގެ ކޮމާންޑަރު އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި އަލަށް ހަވާލުވެލެއްވި ކޮމިޝަންޑް އޮފިސަރުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ހެނދުނު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުވުމަކީ އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ކަނޑައަޅާފައިވާ އޮފިސަރުން އެސްޓޭޝަންތަކާ ހަވާލުވެލެއްވުމަށްފަހު އެފިސަރުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް ތައާރަފްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ވަނީ ކުށްމަދު އަމާން ވެއްޓެއް ގާއިމްކުރުމަށް ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާއި ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލްޤައްޔޫމާއި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނާއި އައްޑޫ ސީޓިގެ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިމްރާން އަަބްދުﷲ އާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ އިސް ފުލުހުން ބައިވެރިވެލެއްވިއެވެ.