English Edition
Dhivehi Edition

އައްޑޫ ސިޓީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ގެއްލިގެން ހޯދަނީ އާއިޝަތު ވިސާމާ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ ނޮވެމްބަރު 16 ވަނަ ދުވަހު މާލެ ގޮސްފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދޭ ކަމަށެވެ.

މީގެ އިތުރުން އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެެވެ.

އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މީސްމީޑިއާގެ ބައެއް މަންސަތަކުގައި ބުނެފައިވަނީ ގެއްލިގެން ހޯދަނީ އައްޑޫ ހިތަދޫ، ކަދުރުމާގެ، އާއިޝަތު ވިސާމާ ކަމަށެވެ.