English Edition
Dhivehi Edition
އައްޑޫގެ ފުލުހުންނަށް ހެޕީ މާކެޓުން ހަދިޔާކުރި ފެނާއި ކަދުރު - ފޮޓޯ: ޕޮލިސް

އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ޗެކް ޕޯސްޓްތަކަށް ހެޕީ މާކެޓުން ފެނާއި ކަދުރު ހަދިޔާކޮށްފި އެވެ.

އެކަން ހާމަކޮށް ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ޗެކް ޕޯސްޓަކަށް ހެޕީ މާކެޓުން ފެނާއި ކަދުރު އިއްޔެ ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި ހެޕީ މާކެޓުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ފުލުހުން ވަނީ އެ ކުންފުންޏަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ އައްޑޫގެ އެއްރަށުން އަނެއް ރަށަށް އެއްގަމާއި ކަނޑު މަގުން ދަތުރުކުރުން ސިޓީ ކައުންސިލުން ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން އެދުވަހުން ފެށިގެން ފުލުހުން އަންނަނީ އައްޑޫގެ އަވަށްތަކުގައި ޗެކް ޕޯސްޓްތައް ޤާއިމްކޮށް، އެއް އަވަށުން އަނެއް އަވަށަށް ދާ މީހުން މޮނިޓަރކޮށް ކޮންޓްރޯލް ކުރަމުންނެވެ.

އައްޑޫ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުމަށް ފުލުހުން ދޫކުރާ މޫވްމަންޓް ޕާމިޓް ނަގަން ޖެހޭއިރު، މި ރަމަޟާން މަހުވެސް ފުލުހުން އަންނަނީ ވަރުބަލިކަމެއް ނެތި ޗެކް ޕޯސްޓްތަކުގައި ފޯރިމަރަމުންނެވެ.