English Edition
Dhivehi Edition
President Donald Trump looks to Secretary of State Rex Tillerson after he was sworn in in the Oval Office of the White House in Washington, Wednesday, Feb. 1, 2017. (AP Photo/Carolyn Kaster)

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އެނާގެ ސެކެރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އަށް، އެނާގެ އާއި ޓްރަމްޕްގެ އައި.ކިއު ޓެސްޓް އަޅާ ކިއުމަށް ޗެލެންޖު ކުރައްވައިފިއެވެ.

އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައި މިވަނީ، ސެކެޓްރީ އޮފް ސްޓޭޓް ޑޮނަލްޑް ޓްރަމްޕަކީ ‘މޮޔައެއް’ ކަމަށް ވިދާޅުވި ކަމުގެ ހަބަރު ފެތުރުމާ ގުޅިގެންނެވެ.

ފޯބްސް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އެނާ ޤަބޫލު ކުރައްވާ ގޮތުގައި އެއީ ދޮގު ހަބަރުތަކެއް ކަމުގައެވެ. ނަމަވެސް އެއީ ތެދެއް ކަމައްވާނަމަ ރެކްސް ޓިލާސަން އައި.ކިއު ޓެސްޓެއް ހައްދަވާ އަޅާ ކިއަން ވަނީ ގޮވާލައްވާފައެވެ.

“އަހަރެން ދެކެނީ އެއީ ދޮގު ހަބަރެއް ކަމަށް. ނަމަވެސް އެ ފަދައިން ވިދާޅުވެފައި ވާނަމަ، ދެން ޖެހޭނީ ދެމީހުންގެ އައި.ކިއު ޓެސްޓެއް ހައްދަން. އަހަންނަށް މިހާރު ވެސް އެބަ އެނގޭ ކާކުކަން ކުރީގަ އުޅޭނީ” ޓްރަމްޕު ވިދާޅުވިއެވެ.

މިފަދަ ގޮތަކަށް މިދިޔަ ހަފްތާގައި ހަބަރު ފެތުރިގެން ދިޔައީ، އެންބީސީ އިން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އޭގައި ބުނެފައި ވަނީ ނައިބު ރައީސް މައިކް ޕެންސް ވަނީ ރެކްސް ޓިލާސަން އިސްތިއުފާ ނުދިނުމަށް ވާހަކަ ދައްކަވާފައި ކަމަށެވެ. އަދި ޓިލާސަން ވަނީ އޭރު ޓްރަމްޕް އަކީ މޮޔައެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ޓިލާސަންގެ ފަރާތުން ވާހަކަ ދައްކަވަމުން އެނާގެ ތަރުޖަމާނު ވިދާޅުވީ، ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދިނުމުގެ ވިސްނުންފުޅެއް ނުގެން ގުޅުއްވާ ކަމަށެވެ. ނަމަވެސް މޮޔައަށް ގޮވި ކަމަށް ދެކޮޅު ހަދާފައި ސީދާ ނުވެއެވެ. ނަމަވެސް ސެކެޓްރީ އޮފް ސްޓޭޓް އެފަދަ ހަޑި ބަހުރުވައެއް ބޭނުންފުޅު ނުކުރައްވާ ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑޯނަލްޑް ޓްރަމްޕް ފޯބްސް އަށް އިންޓަވިއު ދީފައިވަނީ ހުކުރު ދުވަހުގައެވެ. ނަމަވެސް އިންޓަވިއު ޝާއިއު ކުރެވުނީ އަންގާރަ ދުވަހުއެވެ.

މިކަމާ ގުޅިގެން ޓިލާސަންގެ އައި.ކިއު އާއި މެދު ސުވާލު އުފައްދަވާ އެނާ ދައްކުރެއްވީތޯ ނޫސްވެރިން ސުވާލު ކުރެއްވުމުން ޓްރަމްޕް ކުރުކޮށް ވިދާޅުވެފައިވަނީ އެނާ އެއްވެސް މީހަކު ދަށް ނުކުރާ ކަމަށެވެ. އަދި އޭނަ އަކީ އެއްވެސް ބަޔަކު ދަށް ކުރާ މީހެއް ނޫންކަމަށް ފާހަގަ ކުރެއްވިއެވެ.

ވައިޓްހައުސްގެ ޑެއިލީ ޕްރެސް ބްރީފިން ގައި ޕްރެސް ސެކެޓްރީ ވަނީ ރައީސް އެހެން ވިދާޅުވެފައިވަނީ މަޖަލަކަށް ކަމަށް ބުނެފައެވެ. އަދި ރައީސް ސެކެޓްރީ އޮފް ސްޓޭޓަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވެސް ވައިޓް ހައުސް ޕްރެސް ސެކެޓްރީ ސޭރާ ސޭންޑާސް ވިދާޅުވިއެވެ.