މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ،
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރި އިއުލާނުގައި ބުނީ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ހުށަހެޅޭނީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނިކަމަށެވެ،
މިނިސްޓްރީން ބުނީ އެހީގެ ގޮތުގައި ދެވޭނީ ގިނަވެގެން 300،000.00 (ތިން ލައްކަ ރުފިޔާ) ރުފިޔާ ކަމަށާއި މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫޢުތަކާއި ޙަރަކާތްތައް ހިންގުމަށް ކަމަށެވެ. އިތުރަށް މިނިސްޓްރީން ބުނީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކާއި ޙަރަކާތްތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރެވިފައިވާނެކަމަށެވެ،
މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 21 މާރޗް 2022 ވަނަދުވަހުގެ 13:00ގެ ނިޔަލެވެ.