English Edition
Dhivehi Edition

އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން 15 ޖަމްޢިއްޔާއަކަށް މާލީ އެހީ ހަވާލުކޮށްފިއެވެ.

އިއްޔެ މެންދުރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ޖަމްއިއްޔާތަކާއި ހަވާލުކޮށްދެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމްއެވެ. މިއީ އެ މިނިސްޓްރީއިން ކުރިޔަށް ގެންދާ “އެންޖީއޯ ގްރާންޓް ޕްރޮގްރާމް” ގެ ދަށުން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން 15 ޖަމްއިއްޔާއެވެ.
މިފަހަރުގެ ޕްރޮގްރާމްގައި އެ މިނިސްޓްރީއިން ވަނީ ތިން ދާއިރާއަކުން މާލީ އެހީ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހުޅުވާލާފައެވެ. ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރިއިރު މިފަހަރު މާލީ އެހީ ހޯދުމަށް ރާއްޖޭގެ 12 އަތޮޅަކުން 62 ޖަމްޢިއްޔާއެއް ކުރިމަތިލާފައިވެއެވެ. އެގޮތުން މި 62 ޖަމްއިއްޔާގެ ތެރެއިން މި ތާރީީޚީ އެހީ ލިބުނު ޖަމްޢިއްޔާތަކަކީ:
1. ނަލަފެހި މީދޫ
2. ލިވް އެންޑް ލާރން އެންވަޔަރަމަންޓަލް އެޑިއުކޭޝަން މޯލްޑިވްސް
3. މޯލްޑިވްސް ފެމިލީ ފައުންޑޭޝަން
4. ހުވަދޫ އެއިޑް
5. ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑެވެލޮޕްމަންޓް އެންޑް އެމްޕަވަރމަންޓް
6. އިންސްޓިލް މޯލްޑިވްސް
7. ތަކަންދޫ އެކުވެރިންގެ ރޫޙް
8. ނައިފަރު ޖުވެނައިލް
9. ނަޑެއްލާ އައިލެންޑް ޑެވެލޮޕްމަންޓް ސޮސައިޓީ
10. ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
11. ނެޓްވޯކް އޮފް ޑެވެލޮޕިންގ ސޮސައިޓީ
12. ވެށިސާފު
13. ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ
14. ޖާރނީ
15. ކެއާރ’88 އީ.ޕީ.އެސް.އެސް
މަދަނީ ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް އެ މިނިސްޓްރީއިން ނިންމާފައިވާއިރު ރަށްރަށުގައި ހަރަކާތްތެރިވާ މިފަދަ ޖަމްއިއްޔާތަކަށް މިފަދަ އެހީތެރިކަން ސަރުކާރުން ދެއްވާކަމީ މި ސަރުކާރުން ޖަމްއިއްޔާތަކުގެ ދައުރު އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް ކުރައްވާ މަސައްކަތެއްކަން ފާހަގަކުރެވެއެވެ