English Edition
Dhivehi Edition

ގދ. ތިނަދޫ އިން އިތުރު 29 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޢަދަދު 170 އަށް އަރައިފިއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބަލި ޖެހިފައި ތިބި 170 އެންމެން ވެސް ތިބީ ހޯމް ކަރަންޓީންގައެވެ.

އެރަށުން އިއްޔެ ފަރުވާ ދެމުންދިޔަ 72 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، އެރަށުގައި މިފަހަރު ކޯވިޑް ފެތުރެން ފެށި ފަހުން 1،914 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި ފަސް މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 75 ސާމްޕަލެއްގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 148،580 އަރާފައިވާ އިރު، ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 130،649 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 281 މީހުން ވަނީ މަރުވެފައެވެ.

1 ކޮމެންޓް
ލާމު
ފެބުރުއަރީ 6, 2022
vAnuvQ