English Edition
Dhivehi Edition

ގަދ. ތިނަދޫއިން ކޮވިޑް ޖެހިގެން ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.

ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ތިން މަހުގެ ފިރިހެން ކުއްޖެކެވެ. އެކުއްޖާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.މިއީ ރާއްޖޭގައި ކޮވިޑްގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ.

ތިނަދޫ އިން މިހާތަނަށް ޖުމްލަ 1026 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 999 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 22 ހެވެ.

ތިނަދޫގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 6 ކަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 239 އަށް އަރާފައެވެ.