English Edition
Dhivehi Edition

ގދ. ތިނަދޫއިން ކޮވިޑު ބަލީގައި މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ނިޔާވެފައިވަނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯަދަމުން ދިޔަ މީހެއް ކަމަށެވެ. އަދި އެއީ އުމުރުން 75 އަހަރުގެ އަންހެނެެއް ކަމަށް ވެސް ބުންޏެވެ.

އެމީހާ ނިޔާވެފައިވަނީ ރޭ ފަތިހު 03:00 ހާއިރު ކަމަށާއި ނިޔާވެފައިވަނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 290 އަށް އަރާފައެވެ.