English Edition
Dhivehi Edition

ގދ.މަޑަވެލި އަދި އެ އަތޮޅު ތިނަދޫ އާއެކު ގިނަ ރަށްތަކެއް މޮނިޓަރިންގ އަށް ލައިފިއެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޑަވެއްޔަށް އަރާ ފޭބުން މަނާ ކޮށްފައި ވާއިރު، އެރަށު ހެލްތް ސެންޓަރުން ނެރެފައިވާ އަދާހަމަ އިން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް ޖެހިފައި 22 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި އެކަކު އެބަހުއްޓެވެ.

މީގެ އިތުރުން ގދ. ތިނަދުއާއި ކުޑަފަރީ ވެސް ވަނީ މޮނީޓަރިންގ ހާލަތުގައެވެ. މި ދެ ރަށް މޮނީޓަރިން ހާލަތަށް ގެންދިއުމާއެކު ކޮވިޑާއި ގުޅިގެން މިވަގުތު މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވަނީ 26 ރަށެކެވެ.

އެރަށް ތަކަކީ ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ އެވެ. އަދި ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި ވެސް ވަނީ މޮނިޓަރިންގ ގައެވެ.

މީގެ އިތުރުން ލ. ދަނބިދޫ އާއި ލ. ހިތަދޫ އާއި ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ ވެސް މިހާރުއޮތޯ މޮނިޓަރިންގ ގައެވެ.

އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 2400 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.