English Edition
Dhivehi Edition

ގއ. ވިލިނގިލީ މީހަކު ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މާލެއިން ގެއްލުނު މިމީހާ އަކީ ގއ. ވިލިނގިލި، ކަނޑުއޮޅި، ޢުމުރުން 33 އަހަރުގެ ޙަސަން ޝިހާބެވެ.

ޙަސަން ޝިހާބަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށް ފުލުހުން ހާމަކުރެއެވެ.

މިކަން އެނގުމާއެކު އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވީނަމަވެސް ، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދި ހޯދިފައި ނުވާކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުންވަނީ މިމީހާ ހޯދުމުގައި ޢާއްމުންގެ އެހީއަށް އެދިފައެވެ. އެގޮތުން ޙަސަން ޝިހާބު އާއިބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ.