ގއ. ވިލިނގިލީގައި ސިހުރު ހެދި މައްސަލައެއް ފެންމަތިވެގެން އެމައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ގއ. ވިލިނގިލީގައި ސިހުރު ހަދާކަމަށް ބުނެ ފުލުހުންނަށް އެމައްސަލަ ހުށައަޅައިފައިވަނީ މިމަހުގެ 10ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. މިމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުންވަނީ އޭއޯ ނިއުސްއަށް މައުލޫމާތުދީފައެވެ.
މިހާރު މީސްމީޑިއާގައި ސިހުރު ހެދިކަމަށް ބުނެ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެވީޑިއޯއިން ފެންނަ ގޮތުގައި ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މީހާގެ ސޯޓު ތެރެއަށް އެއްޗެއް ލައިގެންދާ މަންޒަރު ފެނެއެވެ. އަދި އޭނާއާއި އެއް ހަމައެއްގައި އޭނާގެ ވީޑިއޯ ކުރަމުންދިޔަ މީހުން އޭނާ އެދަނީ ސިހުރު ހެދުމަށްފަހު ސޯޓު ތެރެއަށްލީ އެތި ކަފުންކުރުމަށް ކަމަށް ގޮވަމުންދެއެވެ.