English Edition
Dhivehi Edition

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ގއ.ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލް އަޒީޒް އާއި ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުޙައްމަދުއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވިލިނގިލީގެ ކުޅިވަރު ހާލަތާއި ވިލިނގިއްޔަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

އެމްޕީ އާޒިމް ވަނީ މި ހިނގާ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުވެސް ވަޒީރު ރާފިޢު އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވިލިނގިލީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޓްރެކް މަސައްކަތް، މި ހިނގަމުން 2024 ވަނަ އަހަރުތެރޭ ފެށުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތެރޭގައި ނުހިމެނޭތީވެ، މި އަހަރުގެ ތެރޭގައި މި މަސައްކަތް ފެށުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ވިލިނގިލީގައި އަލަށް އިމާރާތް ކުރުމަށް ހަޖެހިފައިވާ ސްޕޯޓްސް ފިޓްނެސް އެންޑް ރެކިރިއޭޝަން ސެންޓަރގެ މަސައްކަތަށް ބޭނުންވާ ބަޖެޓް 2025 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައި ދެއްވާ މި އަންނަ އަހަރު މި މަސައްކަތް ފެށުމާގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ރަށުގައި ކުރަން ހުރި އެންމެހާ ކަންތައްތަކާއި މެދު ބައްދަލުވުމުގެ ތެރޭގައި ވަނީ މަޝްވަރާކުރައްވާފައެވެ.