“ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕް ގދ. އަތޮޅު މުބާރާތް 2022 ” ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ،
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާ ގުޅިގެން ބާއްވާ “ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕް ގދ. އަތޮޅު މުބާރާތް 2022” ފިރިހެން ޑިވިޜަނާއި، އަންހެން ޑިވިޜަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށަކުން ފިރިހެން ޑިވިޜަންގެ ޓީމަކަށާއި، އަންހެން ޑިވިޜަންގެ ޓީމަށެވެ. ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް/ ޖަމްޢިއްޔާތަކުގެ ތެރެއިން މި މުބާރާތުގައި އެރަށް ތަމްސީލުކުރުމަށް ރަށުކައުންސިލުގެ އެންޑޯޒްމަންޓް ލިބިފައިވާ ޓީމަކަށް ވާން ޖެހޭނެކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުލަބް / ޖަމްޢިއްޔާތަކުން 15 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ގދ،އަތޮޅު ކައުންސިލް އިދާރާއަށް [email protected] އަށް މެއިލް ކޮށް ދިނުމަށް ވަނީ އެދިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާން އެދޭ ސިޓީއާއެކު ކުލަބް/ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ އާއި، ރަށުކައުންސިލްގެ އެންޑޯޒްމަންޓް ލިޔުން ހުށަހަޅަންވާނެކަމަށް މި އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.