English Edition
Dhivehi Edition
ކޮންގްރެސް ޕާޓީގެ ކެންޕެއިން ހަރަކާތެއް

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށް 20 ވަނަ މަޖިލީހުގެ ގދ, އަތޮޅުގެ ސުޕަ މެޖޯރިޓީ، ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ކޮންގްރެސް ޕާޓީ) އިން ކާމިޔާބުކޮށް އެ އަތޮޅު ވިލު ނޫކުލައިން ފަވާލައިފިއެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ކޮންގްރެސް ޕާޓީއަށް 20 ވަނަ މަޖިލީހުގެ ގދ. އަތޮޅުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ 04 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މި އިންތިޚާބުގައި ގދ. އަތޮޅުން ޖުމްލަ 05 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

ގދ. އަތޮޅުން ކޮންގްރެސް ޕާޓީއަށް ގެއްލިފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑިއެވެ. ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓް މުހައްމަދު އަލްސަން އަހުމަދުއެވެ.

ކޮންގްރެސް ޕާޓީއަށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި ވަނީ 71 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.