English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ އާންމު ހިދުމަތް ދޭ ތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލް އާއި ފުވައްމުލައް ސިޓީ ޕަބްލިކް ހެލްތު ޔުނިޓު ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

ފުވައްމުލައް ސިޓީގެ ކޮވިޑް19ގެ ހާލަތާއި ގުޅިގެން އާންމު ޚިދުމަތްދޭ ތަންތަނުގައި އަޅާފައިހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުމަށް ފުވައްމުލައް ސިޓީ ކައުންސިލް އާއި ފުވައްމުލައް ސިޓީ ޕަބްލިކް ހެލްތު ޔުނިޓުން ވަނީ އެ ފަދަ ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މި ގޮތުން ފުވައްމުލައް ސިޓީގެ ފިހާރަތަކާއި، ރެސްޓޯރެންޓް އަދި ކެފޭތަކުގެ އިތުރުން ފުވައްމުލައް ސިޓީގައި ގާޑިޔާގެ ހިދުމަތް ދޭ ތަންތަނަށް މި މުވައްސަސާތަކުން ވަނީ ޒިޔާރަތްކޮށްފައެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް19 ގެ ހާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އެ ސިޓީއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ވަނީ 379 ކަށް އަރަފާއެވެ. ކޮވިޑް ބަލީގައި އެ ސިޓީއިން ތިން މީހަކު ނިޔާވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 2263 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ،

ފުވައްމުލައް ސިޓީގައި ކޮވިޑްގެ ބޫސްޓާ ޑޯސް ޖެހުމުގެ މަސައްކަތްވެސް ފަށާފައިވާއިރު މި ދިޔަ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް 1354 މީހަކު ވަނީ ބޫސްޓާ ޑޯސް ޖަހާފައެވެ.