ގދ.ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
މިއަދު އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖީނިއަރ އާދަމް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.
ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓްގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއަރހައުސް އަދި ވޯރކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑަރ ހަރުކުރުން ހިމެނެއެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރުއުގެ ޖުމްލަ އަގަކީ 17،864،369.16 ރުފިޔާއެވެ. އެ ކުންފުންޏާއި މި މަޝްރުއު ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
MTCC has signed an agreement with @Portmv towards implementation of Gdh. Thinadhoo Port Development Project, Phase 2. CEO @adamazim signed on behalf of MTCC and CEO @shahid2742 signed on behalf of MPL. #MTCCProjects #RayyithungeKunfuni pic.twitter.com/xoGhMl5SCR
— MTCC Plc (@MTCCPlc) January 27, 2022
ތިނަދޫގެ އިތުރުން މިއަދު ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫޢުގެ އެއްބަސްވުމުގައިވެސް ވަނި ސޮއިކޮށްފައެވެ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ އެއްބަސްވުމުގައި ވަނީ 495 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިއީ 138،980،244.28 ރުފިޔާގެ މަޝްރޫއެކެވެ.