އަންހެނަކަށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން ގދ. ތިނަދޫއަށް އުފަން އުމުރުން 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކުރި މީހާ އަކީ ކުށުގެ 26 ރެކޯޑް އޮތް މީހެއް ކަމަށެވެ. އޭނާ އާއި އަނިޔާ ލިބުނު ފަރާތާއި ލޯބި ގުޅުމެއް އޮތްކަމަށް އޭނާގެ ދައްކާފައިވާ ވާހަކަތަކުން އެނގޭކަން ފާހަގަކޮށް ކޯޓުން ބުނީ މި މީހާ ދޫކޮށްލައިފިނަމަ އަންހެންމީހާއަށް އަނިޔާކޮށް ކުށް ތަކުރާރު ކުރުމުގެ ފުރުސަތު އޮތްކަމަށެވެ.
އެހެންކަމުން މި މައްސަލައާއި ގުޅިގެން 30 ދުވަހުގެ މުއްދަތައް އޭނާ ބަންދުކުރުމަށް ކޯޓުންވަނީ އަމރުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ފަރާތުން ބުނީ މި ހާދިސާ އަކީ ރުޅި އައިސްގެން ހިނގި ޒުވާބެއް ކަމަށާއި އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެކަމަށެވެ.