English Edition
Dhivehi Edition
ހުޅުދޫ އަވަށު އޮފީސް/ ފޮޓޯ ލުބްނާ މަޖީދު މުޚްތާރު/ އޭއޯ ނިއުސް

އައްޑޫސިޓީ ހުޅުދޫ އަވަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި ހުރި ގެތަކާއި ގޯތިތަކަށް ކަނެކްޝަން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު އެއްކުރަން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހުޅުދޫ އަވަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާއިރު، ބައެއް ގެތަކާއި ގޯތިތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތުގެ ފުރަތަމަ ކަނެކްޝަން ދެވިފައިނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ގުތައް ރަނގަޅު ފެންވަރުގައި ހެދުމަށްފަހު ފެނާއި ނަރުދަމާގެ ކަނެކްޝަންތަކުގެ މަސައްކަތް އެ މަގުތަކުގައި ކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި އެއީ މަގު ހަލާކުވެ އަޑިގުޑަންތައް ގިނަވެދާނެ ކަމަކަށް ވާތީ، މަގު ހަދަން ފެށުމުގެ ކުރިން ފެނާއި ނަރުދަމާގެ ކަނެކްޝަން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މަޢުލޫމާތު އެއްކުރުމަށް ބޭނުންވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ،

މި ގޮތުން ފެނާއި ނަރުދަމާގެ ފުރަތަމަ ކަނެކްޝަން ލިބިފައިނުވާ ގެތަކާއި ހުސްގޯތިތައް އަދި އިތުރު ކަނެކްޝަން ބޭނުންވާ ގެތަކާއި ހުސް ގޯތިތަކުގެ ނަމާއި ގޯތީގެ ވެރިފަރާތުގެ މަޢުލޫމާތު އެނގޭ ގޮތަށް ހުޅުދޫ އަވަށު އޮފީހަށް އީމެއިލް ކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ،