English Edition
Dhivehi Edition

ގއ، އަތޮޅު ކޮނޑޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީން މި މަސައްކަތް މާކެޓްކް އާއި ޙަވާލުކޮށްފައިވަނީ 780 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ. މި މަޝްރޫއަށް މުޅި އެކު 35.9 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ސާވޭކުރުމާއި އީއައިއޭ ހެދުމާއި، އަމަލީގޮތުން ސައިޓްގައި ކުރިއަށްގެންދާ މަސައްކަތްތަކާއި ގޭގެއަށް ވިއުގަ ގުޅައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރަން ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ކޮނޑޭގެ އިތުރުން އިތުރު 14 ރަށެއްގައި ވެސް މި މަސައްކަތް ފެށުމަށް ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުތަކުގެ ޖުމްލަ އަގު 407 މިލިއަން ރުފިޔާ އަށް އަރަ އެވެ.