English Edition
Dhivehi Edition

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރެވިފައި ނުވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތަކީރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤެއްކަމުގައި ވީނަމަވެސް އެ މަނިކުފާނު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތްކަމަށެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން އެކި ފަރާތްތަކާ ޙަވާލުކުރެވޭނެކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން މަސައްކަތް ހަވާލުނުކުރެވޭ 20 ރަށުގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ބަޔަކާ ޙަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ “އޭރުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި، މާތް ﷲ ގެ ވާގިފުޅާއެކު ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ” ރައީސް ވިދާޅުވިއެވެ.