ގއ ގެމަނަފުށީގައި، ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފްކުރުމާއި ގުޅޭ ގޮތުން, ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް އާއި އެ ރަށު ކައުންސިލާއި ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ،
ގއ ގެމަނަފުށްޓައް ޑރ އަބްދުﷲ މައުސޫމް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި, ފަތުރުވެރިކަމާއި ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.
މި މަހުގެ 20 ވަނަ ދުވަހު ހަވީރު ބޭއްވި ބައްދަލުވުމުގައި ޑރ.މައުސޫމު ވަނީ އެ ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ، މި ގޮތުން އެރަށަށް ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފްކުރުމާއި ފަތުރުވެރިކަމާއި ގުޅުންހުރި އެހެނިހެން ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ،
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އާއި ގއ އަތޮޅު ކައުންސިލްގެ ރައީސް އާއި ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ޑރ.މައުސޫމު އާއި ވަނީ ހިއްސާކުރައްވާފައެވެ. މި ކަންބޮޑުވުންތައް ހައްލުކުރެއްވުމަށް ސަރުކާރާއި އެކު ހަލުވި ސްޕީޑެއްގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ޑރ.މައުސޫމު ދެއްވިއެވެ.